Last Updated: 10 year 10 month ago
Last Updated:
10 year 10 month ago
ވާޖިބު އަދާކުރަމުން މިދަނީ ގާނޫނުގެ ބާރުން، މި ބާރު އަދިވެސް ދަމަހައްޓާނަން: ރައީސް
10:29
ޖަލްސާ ނިންމަވާލައްވައިފި.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު:ރިޔާސީ ބަޔާނާ ގުޅިގެން މަޖިލީހުން ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރާނަން.
ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަކުން ދައުލަތަށް ލިބެންވާ ފައިސާތައް ހޯދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ބަންޑާރަ ނައިބު ފައްޓަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި.
އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ދިވެހިން ތިބުމުގެ ތައުރީފު ދެއްވުން އެދި ދުއާ ކުރަމުން ރިޔާސީ ބަޔާން އިއްވަވާލައްވައިފި.
މިދިޔަ އަހަރު ހާރިޖީ ދާއިރާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ރައީސް ޔާމީން
ރާއްޖޭގެ ނަން ކިލަބުކޮށް، ރާއްޖޭގެ ފިއްތުންތައް ކުރުމަަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި. އަދި އެ ކަމުގެ ހަގީގަތް ބޭރު ދުނިޔެއަށް ހާމަ ކުރުމަށްޓަކައި ދައުލަތުން އިތުރު ފައިސާ ހަރަދު ކުރަން ވަނީ މަޖުބޫރުވެފައި.
ރައީސް ޔާމީން:ބިން ހިއްކުމަށްޓަކާ ގަންނަންޖެހޭ ކަޓާ ޓްރެޖަރު ގަތުމަށް ފައިސާ ދައްކާފައިވާނެ. އިރާދަ ކުރެއްވިއްޔާ މިއަހަރު ތެރޭ އެ ކަޓާ ޓްރެޖަރު އަޅުގަނޑުމެންނަށް ލިބޭނެ.
9 ރަށެއްގެ ބަނދަރު ހަދާފައިވޭ. އަދި 9 ބަނދަރުގެ ފުން ކުރުމުގެ މަސައްކަތްކޮށްފައިވާނެ. ބަނދަރު ހެދުމުގެ 51 މަޝްރޫއެއްގައި ސޮއިކޮށްފައިވޭ. މިހާތަނަށް 7 ރަށެއްގެ ބިން ހިއްކާފައިވޭ. 3 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 20 ރަށެއްގެ މަގު ހެދުމަށް ވަނީ ނިންމާފައި. 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަަށްދޭ. ލ. އަތޮޅުގެ ބޮޑު މަގު މި އަހަރު ތެރޭ ނިމިގެން ދާނެ.
ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރަކީ ކުށުގެ ވެށި ރައްކާތެރި ކުރުމުގައި ކާމިޔާބީތަކެއް ލިބުނު އަހަރެއް. މާލެ ސަރަހައްދަށް މެދުކެނޑުމެއް ނެތި ފެން ފޯރުކޮށްދިނުމަަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ފެން ޕްލާން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި.
ޒުވާނުން ވަޒީފާއިން އަހުލުވެރިކޮށް، ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުން އިތުރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި. ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި 34 ފަރާތަކަަށް 25.5 މިލިއަން ރުފިޔާ ދޫކުރަން ނިންމައި، އެ ލޯނުތައް މިއަހަރު ތެރޭ އެ ފަރާތްތަކަށް ދޫކުރާނެ ކަމަށް ވިދާޅުވި.
ސިއްހީ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސްޕަސްޕެޝަލިސްޓު ޑަކްޓަރުންގެ ހިދުމަތް ދީފައިވާ ކަމަށް. އެގޮތުން އެ ޑޮކްޓަރުން 6،000 ވުރެ ގިނަ މީހުން ބަލައިފައިވާ ކަމަށް. އެމަނިކުފާނު ވިދާޅުވީ ހުސްނުވާ އާސަންދައިގެން ދަށުގެ 23 މީހެއްގެ ކިޑްނީ ބަދަލުކޮށް، ފަސް މީހެއްގެ ލިވާ ބަދަލުކޮށްފައިވާ ކަމަށް.
ތައުލީމީ ދާއިރާގެ އެންމެ ބޮޑު މަގުސަދަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ތައުލީމު އުގަންނައިދިނުން.
ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 13،524 ފުޓެލް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި. އިމާރާތް ކުރާ އެ ފުލެޓުތަކުގެ ތަފްސީލު ރައީސް ޔާމީން ދެއްވި.
އަރަބިއްޔާ ކުރިން ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފުލެޓުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފަށާނެ ކަމަށް.
ރައީސް ޔާމީން ވިދާޅުވީ ރައީސް ކަމުގެ ވާޖިބު އަދާކުރަމުން ގެންދަނީ ގާނޫނު އަސާސީ އާއި ގާނުނުތަކުގެ ބާރު ދަމަހައްޓައިގެން ކަމަށާއި ކުރިމަގުގައި ވެސް މި ބާރު ދަމަހައްޓާނެ ކަމަށް ވިދާޅުވި.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމަކީ އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށް، އިޖުތިމާއީ ހަމަޖެހުން ގާއިމް ކުރުން ކަމަށް ވިދާޅުވި.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތައް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި ކުރިއަށްއޮތްތާނގައި ވެސް އެ ގޮތަށް ކުރިއަށް ގެންދާނެ ކމަށް ވިދާޅުވި.
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި
ޖަލްސާ ފެށީ 57 މެމްބަރުންނާއެކު. އެޖެންޑާގައި ހަމައެކަނި އޮތީ ރިޔާސީ ބަޔާން އިއްވެވުން އެކަނި.
މަޖިލިސް ފަށައިފި
ގުރުއާނުގެ ބަރަކާތުން ޖަލްސާ ފަށަނީ. ގުރުއާން ކިޔަވައި ވިދާޅުވަނީ އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް.
ޖަލްސާ ކުރާ މާލަމަށް ރައީސް ޔާމީން ވަދެވަޑައިގެންފި. އެމަނިކުފާނާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ޖަލްސާ ކުރާ މާލަމަށް ވަޑައިގެންފި.
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އެމްޑީޕީން ބައިވެރިނުވުމަށް ވަނީ ނިންމާފައި. މިދިޔަ އަހަރު ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި އެމްޑީޕީން ވަނީ މަޖިލިސް ގަނޑުބަޑުކޮށްފައި، ނަމަވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްގެން ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފައި.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވާނެ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަރުބާރުގެއަށް ވަޑައިގެންފި