ސަރުކާރާއި ރައްޔިތުން ބައިވެރިވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މަސައްކަތްތަކަށް މުދާ އުފުލާ ބަނޑަކާއި ޓަގެއް ގެނެސް ބޭނުން ކުރަން ފަށައިފި އެވެ.

އެ ކުންފުންޏަށް އަލަށް ގެނައި "ފެމުނު" ޓަގާއި "ފެހުރިހި" ބަނޑު އިފުތިތާހު ކުރުން އޮތީ އިއްޔެ އޮތީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގަ އެވެ.

އެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއަމަން އަޙްމަދު ނިޔާޒް އާއި އެސްޓީއޯގެ އެމްޑީ އަޙްމަދު ޝަހީރު އާއި އެމްޕީއެލްގެ ސީއީއޯ އިބްރާޙިމް ޝަރީފެވެ.

އެސްޓީއޯ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޓަގް ބޯޓާއި ބާޖުގެ ސަބަބުން އިތުރު ބަޔަކަށް ބަރޯސާނުވެ، އެސްޓީއޯގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެމްޕީއެލްގެ ސީއީއޯ އާއި މެނޭޖްމަންޓް ޓީމްގެ ފަރާތުން އެ ކަމަށް ލިބުނު އެއްބާރުލެއްވުމާއި ލަފައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެ ޓަގް ބޯޓާއި ބާޖުގެ ސަބަބުން މަސައްކަތައް ހަލުއިވެ، އިންޑިއާ އިން ގެންނަ ޖެނެރަލް ކާގޯ ހުސް ކުރުމަށާއި މާލެ އާއި މާލެ ކައިރި ހިސާބުތަކުގައި ބަލްކްކޮށް ކޮންސްޓްރަކްޝަން މެޓީރިއަލްސް އެއްތަނުން އަނެއްތަނަށް ގެންދިއުން ފަސޭހަ ވެގެންދާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖްމަންޓް ޓީމާއި ސްޓާފުން

އެ ޓަގް ބޯޓަކީ ބޮލާޑް ޕުލް 800 ޓަނު ހިފޭ ޓަގެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ދެ އުޅަނދު ބަނދެފައި ވަނީ ސްރީލަންކާގެ ކޮލޮމްބޯ ޑޮކްޔާޑްގަ އެވެ.

މިހަފްލާގައި އެސްޓީއޯގެ މެނޭޖްމަންޓް ޓީމާއި ސްޓާފުންގެ އިތުރުން އެމްޕީއެލްގެ އިސްވެރިން ބައިވެރިވި އެވެ.