އެންޑްރޮއިޑް އަދި އައިއޯއެސް އަށް ކީބޯޑު އެޕްލިކޭޝަން އުފެއްދުމުގެ މަޝްހޫރުކަން ހޯދާފައިވާ ކުންފުނި "ސްވިފްޓް ކީ"، ޖުމްލަ 250 މިލިިއަން ޑޮލަރަށް މައިކްރޮސޮފްޓް އިން ގަނެފި އެވެ.

ސޯސްތަކުން ބުނާ ގޮތުގައި ބޮޑު އަދަދަކަށް މައިކްރޮސޮފްޓް އިން އިނގިރޭސިވިލާތުގެ އެ ކުންފުނި ގަނެފައި ވަނީ ކޭޝް އިން ކަމަށެވެ. ސޯސްތަކުން ބުނާ ގޮތުގައި ސްވިފްޓްކީ ކުންފުނި ގަތުމަށް މައިކްރޮސޮފްޓްގެ އިތުރުން ބޮޑެތި ގިނަ ކުންފުނިތަކެއް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އެޕަލް ކުންފުނި ވެސް ހިމެނޭ ކަމަށް ވަނީ ސޯސްތަކުން ބުނެފަ އެވެ.

މައިކްރޮސޮފްޓް އިން އެ ކުންފުނި ގަނެފައި ވަނީ ކުންފުނީގެ މޯބައިލް ޕްރޮޑަކްޓިވިޓީ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް އެ ކުންފުނިން ވަނި ބުނެފަ އެވެ.

ސްވިފްޓް ކީ އަކީ މިހާރު މައިކްރޮސޮފްޓްގެ ބައެއް ކަމުގައި ވިނަމަވެސް އެކުންފުނިން ކުރިން ކުރަމުން އައި މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ އެވެ. އެހެން ނަމަވެސް އެހެން ދާއިރާތަކުން އެ ކުންފުނީގެ ހިދުމަތް ފުޅާ ކުރާނެ އެވެ. އެގޮތުން އެންޑްރޮއިޑް އާއި އައިއޯއެސްގައި ކޯޓާނާ ބޭނުން ކުރާ އިރު އެއަށް ސްވިފްޓް ކީ އިމްޕްލިމެންޓް ކުރުން ހިމެނެ އެވެ.

ސްވިފްޓް ކީއާ އެކު އެ ކުންފުނީގެ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރަމުންދާނީ މައިކްރޮސޮފްޓްގެ ދަށުންނެވެ.