އިމާރާތްތަކުރަމުން ދިޔަ ގެއަކުން ވެއްޓުނު ލަކުޑިބުރިއަކުން ޖެހި ހިނގާފައި ދިޔަ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް މިއަދު ވިދާޅުވީ މިއަދު 3:10 އެހާކަންހާއިރު ބުރުޒުމަގު ލޮޓަސްފިހާރަ ކައިރީގައި ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނު ނުނަގާތީ އެ ހާދިސާގައި ޒަހަމްވި މީހާ އަށް ވެފައިވާ އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.