02 Feb 2016, 16:19
ފޭސްބުކްގެ އިތުރުން އެކުންފުނިން ގަނެފައިވާ ޕްރައިވެޓް މެސެޖިން ޕްލެޓްފޯމް ކަމަށްވާ "ވަޓްސްއެޕް" އިންވެސް އެއް ބިލިއަން އެކްޓިވް ޔޫޒަރުންގެ ލަނޑުދަނޑިއަށް ވާސިލް ވެއްޖެ އެވެ.
ފޭސްބުކް އިން 2014 ވަނަ އަހަރު ގަތް ވަޓްސްއެޕް އިން މިދިޔަ އަހަރުގެ އޭޕްރިލްގައި ހާމަކުރި ގޮތުގައި އެ ޕްލެޓްފޯމުގައި 800 މިލިއަން ޔޫޒަރުން ތިއްބެވެ. އެއާ އެކު އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތެރޭގައި ވަނީ އެއް ބިލިއަންގެ މާކަށް އައިސްފަ އެވެ.
ވަޓްސްއެޕްގެ އެކްޓިވް ޔޫޒަރުންގެ އަދަދު އެއް ބިލިއަން އަށް އެރުމާ އެކު ބޮޑެތި ބަދަލުތަކެއް ނައި ކަމުގައިވި ނަމަވެސް ވަޓްސްއެޕްގެ އިދުމަތް އިތުރަށް ވަރުގަދަ ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.
އަދި ވަޓްސްއެޕްގެ ސްޕީޑާއި ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.
ފޭސްބުކް އިން ވަޓްސްއެޕް ގަތް ފަހުން އެ ޕްލެޓްފޯމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން އިންނަ އަހަރީ ސަބްސްކްރިޕްޝަން ފީވެސް އެ ކުންފުނިން ވަނީ ނަގާފަ އެވެ.
ފޭސްބުކް އިން މިހާރު 1.4 ބިލިއަން އަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބެ އެވެ.