މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ތ. ދިޔަމިގިލީ 30ށް ވުރެ ގިނަ ގެޔަށް ގެއްލުން ވެއްޖެއެވެ.

ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް ސަން ވިދާޅުވީ، މިއަދު ހެނުދުނުން ފެށިގެން ބޯކޮށް ވާރޭ ވެހި ރަށުގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގޭގެއަށް ފެން ވަދެ ބައެއް ތަކެއްޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

ބޯކޮށް ވާރޭ ވެހި ތ. ދިޔަމިގިލީގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި. ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 30ށް ވުރެ ގިނަ ގެޔަށް ވަނީ ގެއްލުން ވެފައި --- ފޮޓޯ/ ދިޔަމިގިލީ ކައުންސިލް

ނާހިދު ވިދާޅުވީ، ބައެއް ގޭގައި ހުރި ސިމެންތި ބަސްތާތަކާއި ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުވެފައިވާ ކަމަށެވެ.

"30 ގެޔަށް ފެންވަދެ ގެއްލުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް ރިޕޯޓްކޮށްފައިވަނީ. ބައެއް ގޭގެ ހުރި ސިމެންތި ބަސްތާތަކާއި ފަރުނީޗަރުތަކަށްވެސް ވަނީ ގެއްލުން ވެފައި" ނާހިދު ވިދާޅުވި އެވެ.

ބޯކޮށް ވާރޭ ވެހި ތ. ދިޔަމިގިލީގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި. ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 30 ވުރެ ގިނަ ގެޔަށް ވަނީ ގެއްލުން ވެފައި --- ފޮޓޯ/ ދިޔަމިގިލީ ކައުންސިލް

އޭނާ ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން ރަށަށް އައިސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

މިހާރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދާކަމަށް ނާހިދު ވިދާޅުވިއެވެ.

ބޯކޮށް ވާރޭ ވެހި ތ. ދިޔަމިގިލީގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައިވާ އިރު ފެން ނުވަންނަ ގޮތަށް ގޯނިތައް ޖަހާފައި. ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 30ށް ވުރެ ގިނަ ގެޔަށް ވަނީ ގެއްލުން ވެފައި --- ފޮޓޯ/ ދިޔަމިގިލީ ކައުންސިލް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ މިރެއާއި މާދަމާވެސް ދިޔަމިގިލި ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ބޯކޮށް ވާރޭ ވެހި ތ. ދިޔަމިގިލީގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި. ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 30ށް ވުރެ ގިނަ ގެޔަށް ވަނީ ގެއްލުން ވެފައި --- ފޮޓޯ/ ދިޔަމިގިލީ ކައުންސިލް