20 Apr 2011, 13:04
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލްގައި ހުންނަ ސްވެނިއާ ޝޮޕަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވައްކަންކޮށްފި އެވެ. އެ ފިހާރައިގެ ސޭޓް އަބުދުﷲ މުފީދު މިއަދު ބުނީ ފިހާރައިގެ ވަތްގަނޑު ހަލާކުކޮށްލައިގެން ވަގަށް ގެންގޮސްފައި ވަނީ 500 ރުފިޔާ ކަމަށެވެ.
"ފިހާރައިގެ ވަތްގަނޑުގައި ހުންނާނީ ވަކިލާރިކޮޅަކާ އެކު ޖުމްލަ 500 ރުފިޔާ. އެލާރިކޮޅު ވަނީ ވަގަށް ގެންގޮސްފައި،" މުފީދު ބުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ސައުތު ލޭންޑް ސްވެނިއަޝޮޕުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޝިޔާމް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ސްވެނިއާ ޝޮޕަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.