ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް އޮތީ ވަރަށް އުނދަގޫ ގުރޫޕެއްގައި ކަމަށާއި އަމާޒަކީ ސެމީ ފައިނަލަށް ދިއުން ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު ތައިލެންޑްގެ ސުންޓޮން ފޮސީޓާ ބުނެފިއެވެ.

ގޭމްސްގައި ރާއްޖެ ހިމެނެނީ ވަރަގަދަ ޕާކިސްތާނާއި ބަނގުލަދޭޝް އަދި އަފުގާނިސްތާންއާއެކު ގުރޫޕް 'ބީ' ގައެވެ.

ގޭމްސްއަށް ފުރުމުގެ ކުރިން ސަންއާ ވާހަކަ ދައްކަމުން ގައުމީ ކޯޗް ބުނީ ރާއްޖެއަށް އެންމެ އުނދަގޫ މެޗެކަށް ވާނީ އެންމެ ފަހުގެ ރަނަރަފު ޕާކިސްތާނާ ދެކޮޅާށް ކުޅޭ މެޗް ކަމަށާއި އެހެންވެ އެމެޗުގައި ކުޅުންތެރިންގެ މެކްސިމަމް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި އެ މެޗަށްފަހު ދެން ކުޅޭ މެޗްތައް ކާމިޔާބުކޮށްގެން ސެމީއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފޮސީޓާ ބުންޏެވެ.

ތައިލެންޑްގެ ޓްރެއިނިން ކޭމްޕްގައި ކުޅެވުނު މެޗްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންނަށް އެ މެޗްތަކުގެ ނަތީޖާއިން ގޭމްސްގައި ރަނގަޅު ފައިޓޭއް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފޮސީޓާ ބުންޏެވެ.