02 Feb 2016, 14:10
އިމާރާތެއްގައި ކުލަ ލުމުގެ މަސައްކަތަކަށް މަގުގައި ހުރަހަށް ދަމާފައި އޮތް ސަރަތިގަނޑެއްގައި އައްސާފައިވާ ވާގަނޑެއްގައި ސައިކަލެއްގެ ހުންގާނުގައި އަޅައިގަނެ ގެއްލުންތަކެއް ވެެއްޖެ އެވެ.
މިއަދު މެންދުރު އެ ހާދިސާ ހިނގާފައި ވަނީ ބުރުޒު މަގާއި ކަށިމާ ހިނގުމާ ގުޅޭ ސަރަހައްދުގަ އެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ ސައިކަލު ދުއްވަން އިން މީހާއަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސައިކަލުގެ ހުންގާނުގައި ވާގަނޑު އޮޅުމަށްފަހު އެ ވެއްޓި އޭގެ ރިއާވިއު ލޯގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އެއާއެކު މާބޮޑު ގެއްލުންތަކެއް ސައިކަލަކަށް ލިބިފައެއް ނުވެއެވެ.
އެ ސަތަރިގަނޑަކީ ގެއެއްގައި ކުލަ ލުމަށްޓަކާ ދަމާފައިވާ ސަތަރި ގަނޑެއް ކަމަށެވެ. މަންޒަރު ދުއްފަރާތެއް ބުނި ގޮތުގައި އެ ސަތަރި އެއްސުމަށް ބޭނުންކުރި ވާގަނޑު އޮތީ "މާބޮޑަށް" ތިރީގަ އެވެ.
"ވާގަނޑު އޮޅާފައި އޮތް ނަމަ އެހެނެއް ނުވާނެ. އެ އޮތީވެސް ވަރަށް ތިރީގައި. ދުއްވާފައި ދިޔަ މީހާވެސް ދިޔައީ ވަރަށް މަޑުން،" އޭނާ ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.