02 Feb 2016, 14:35
ސެރެންގެޓީ (ފެބްރުއަރީ 2): ޓެންޒޭނިއާގެ ހިމާޔަތްކޮށްފައިވާ ސަރަހަދެއްގައި ތިބި އެތްތައް ޝިކާރަ ކުރަން މަސައްކަތްކުރި ބަޔަކު އެސަރަހައްދު މޮނިޓާ ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ހެލިކަޕްޓަރު ޕައިލަޓެއް ކަމަށްވާ ރޯޖާ ގޮވާ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ.
ޓެންޒޭނިއާގެ ކުރީގެ މިނިސްޓަރު ފޯ ނެޗުރަލް ރިސޯސަސް އެންޑް ޓުއަރިޒަމް ވިދާޅުވީ ހެލިކަޕްޓަރުގައި އިންދައި ރޮޖާ އަށް ހަމަލާދިން ފަހުން އޭނާ ވަނީ ހެލިކަޕްޓަރު ބިން މަތީގައި ޖައްސާފައި ކަމަށެވެ. ނަމަވެސް، ސަލާމަތީ ފަރާތްތަކަށް އެހިސާބަށް ދެވުމުގެ ކުރިން އޭނާ މަރުވީ ކަމަށެވެ.
"ކެޕްޓަން ރޮޖާ މަރާލި މީހުންނަކީ ފިނޑި އަދި ނުލަފާ ބައެއް. އަޅުގަނޑާއި ރޮޖާ ތަފާތު ޖަނަވާރު ހިމާޔަތް ކުރަން ކުރި ދަތުރުތަކުން އަޅުގަނޑަށް އެނގުނު ރޮޖާއަކީ އަޅުގަނޑުމެންގެ ގައުމު (ޓެންޒޭނިއާ) ދެކެ ލޯބިވި މީހެއްކަން،" ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ހާރިޖީ އޮފީހުން ވަނީ ގޮވާ މަރުވިކަން ޔަގީންކޮށްދީފައިވެ އެވެ. އަދި މިހާރު އޭނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހަމަލާއާ ގުޅިގެން މިހާރު ތިން މީހަކު ހައްޔަރުކޮށްފައިވާ ޓެންޒޭނިއާގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް، އެމީހުންގެ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވާ ކަމަށްވެސް އެރިޕޯޓުތަކުގައިވެ އެވެ. (ސީއެންއެން)