02 Feb 2016, 13:34
ހދ. ނޮޅިވަރަމާއި އެ ރަށް ކައިރި އޮންނަ ފަޅު ރަށަކުން ވަޒަންތަކެއް ފެނިއްޖެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ނޮޅިވަރަމުން ވަޒަން ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެރަށް ބަލައި ފާސް ކޮށްފަ އެވެ.
މިހާރު ފުލުހުން ނޮޅިވަރަމް ކައިރި އޮންނަ ފަޅު ރަށެއް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ނަމަވެސް އެ ދެ ރަށުން ފެނިފައި ވަނީ ކިހާ އަދަދެއްގެ ވަޒަން ތަކެއް ކަމެއް އަދި އެއީ ކޮން ފަޅުރަށެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.