02 Feb 2016, 13:29
ކުރިއަށް ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރާ ރާއްޖޭގެ ގައުމީ އަންހެން އަންހެން ފުޓްބޯޅަ ޓީމުގެ އަމާޒަކީ ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް ސެމީފައިނަލަށް ދިއުން ކަމަށް ޓީމުގެ ކޯޗް ޖަޕާނުގެ ނައޯކޯ ކަވަމޯޓާ (ރިއޯ ކޯޗް) ބުނެފި އެވެ.
މުބާރާޓުގައި ރާއްޖެއ ހިމެނެނީ ޝުރީލަންކާއާއި ނޭޕާލާ އެކު ގުރޫޕް 'އޭ' ގައެވެ.
މިއަދު ސައުތު އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރިން މާލޭގައި މީޑއާ ވާހަކަ ދައްކަމުން ރިއޯ ކޯޗް ބުނީ އެންމެ މުހިންމު ކަމަކީ ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗް ކާމިޔާބު ކުރުން ކަމަށާއި އެހެންވެ އެމެޗް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗް ނައޯކޯ ކަވަމޯޓާމީޑއާ ވާހަކަ ދައްނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޯޗް ބުނީ މުބާރާތުގައި އެންމެ ވަރުގަދަ ދެ ޓީމަކީ އިންޑިއާ އާއި ނޭޕާލް ކަމަށާއި ރާއްޖެ ހިމެނޭ ގުރޫޕްގައި ނޭޕާލް އޮތް އިރު އެޓީމާ ދެކޮޅާށް ކުޅެން އުނަދަގޫވާނެ ކަމަށެވެ.
ނަމަވެސް ބަހްރެއިންގައި ކުރިއަށް ދިޔަ ޓްރޭނިންތަކުގައި ޑިފެންސް ކޮށްގެން އެޓޭކު ކުރުމަށް އިސްކަމެއް ދިޣެން ފަރިތަ ކުރުންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
ކޯޗު ބުނީ ބަހްރެއިންއާ ދެކޮޅަށް ކޫލުނު މެޗްތަކުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަމަށާއި ޚާއްސަކޮށް ދެ ވަނަ މެޗްގައި ރަނގަޅަށް ކުޅެފައިވާ ކަމަށެވެ.
ސައުތު އޭޝިއަން ގޭމްސްއަށް ގައުމީ އަންހެން ޓީމު ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިން އެފްއޭއެމްގެ އިސްވެރިން ސަލާމް ކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމެޗްގައި ރާއްޖެ އިން ބަހްރެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިކަން ކޯޗް ފާހާގަ ކުރި އެވެ.