02 Feb 2016, 11:34
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމުގައި އޮތް އެޕަލް ފަހަތަށް ޖައްސާލުމަށްފަހު ގޫގުލްގެ ހިންގާ ކުންފުނި، އަލްފަބެޓް އެ މަގާމަށް ހޮވިއްޖެ އެވެ.
އަލްފަބެޓަށް އެ ލަގަބު ލިބުނު ފަހުން އެކުންފުނީގެ ހިއްސާގެ އަގު ވަނީ ނުވަ ޕަސެންޓަށް އިތުރުވެފަ އެވެ. އެހެންކަމުން، މިހާރުގެ އެކުންފުނީގެ ނެޓްވޯތަކީ 568 ބިލިއަން ޑޮލަރެވެ. އެއާ އަޅާބަލާއިރު އެޕަލްގެ ނެޓްވޯތަކީ 535 ބިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި އަލްފަބެޓަށް ވަނީ 4.9 ބިލިއަން ޑޮލަރުގެ ފައިދާ ލިބިފަ އެވެ. ދެހާސްސާދަ ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި އަލްފަބެޓައް ލިބުނީ 4.7 ބިލިއަން ޑޮލަރުގެ ފައިދާއެކެވެ.
މީގެ ކުރިން އެޕަލްއަށް ވުރެ އަގުބޮޑު ކުންފުންޏެއްގެ ގޮތުގައި ގޫގުލް ފާހަގަ ކުރެވުނީ 2010 ވަނަ އަހަރު އެވެ. އެއީ އެޕަލް އިން އައިޕެޑް ނެރުމުގެ ކުރިންނެވެ. އަދި އޭރު ކުންފުނީގެ ވެރިޔަކަށް ހުރީ ސްޓީވް ޖޮބްސް އެވެ. (ބީބީސީ)