ހިޔާނާތުގެ ތުހުމަތާއި އަދި އެ ނޫން ވެސް ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލުންގެ ޓީމުގައި ކުރިން ހިމެނުނު އަހުމަދު ތާލިބަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ކުރި ސަސްޕެންޝަން ދެ މަސް ފަހުން މިއަދު އުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތާލިބް، މިދިޔަ ނޮވެމްބަރު މަހު 12 ވަނަ ދުވަހު ސަސްޕެންޓް ކުރީ، އޭނާގެ ސުލީކީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން އަންނަ ކަމަށް ބުނެ އެވެ.

ނަމަވެސް ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އޭނާ އަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ.

ތާލިބު އޭރު ސަސްޕެންޑް ކުރިތާ ދެ ތިން ދުވަސް ފަހުން އޭނާ ވަނީ އަދީބުގެ ވަކީލުންގެ ޓީމުން ވަކިވެފަ އެވެ.