އީވޯ ހޯމް އިން 2015 ވަނަ އަހަރުގެ ފަހުކޮޅާ ދިމާކޮށް ކުރިއަށްގެންދިޔަ އިއާ އެންޑް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އެހެން ޕްރޮމޯޝަންތަކާ ހިލާފަށް އެ ޕްރޮމޯޝަންގައި އެއްވަނަ ދެވަނަ އަދި ތިންވަނަ އެއް ނުހޮވަ އެވެ. ބަދަލުގައި އީވޯ އިން ކަނޑައަޅާފައި ވަނީ ފަސް އިނާމެކެވެ. ކޮންމެ ކަސްޓަމަރެއް ވެސް ޖެހެނީ އެ ކަސްޓަމަރެއް ބޭނުންވާ އިނާމެއް ބުނާށެވެ.

އީވޯ ފަރުނީޗަރ ގެ ލަކީ ޑްރޯ

އެގޮތުން ކޮންމެ އިނާމަކަށް ވެސް ވަކި ކުލައެއްގެ ކޫޕަނެއް ކަނޑައަޅާފައިވާ އިރު، ކަސްޓަމަރު ފުރާނީ އެ ކަސްޓަމަރެއް ބޭނުންވާ އިނާމަކަށް ހާއްސަކޮށްފައިވާ ކުލައެއްގެ ކޫޕަންކޮޅެކެވެ. އަދި ނަސީބުވެރިން ހޮވާއިރު ކޮންމެ ކުލައަކުން ވެސް އެއް ކަސްޓަމަރެއް ނަސީބުވެރިއެއް ހޮވައެވެ.

އެގޮތުން ކަނޑައަޅާފައިވާ ފަސް ކުލައަކީ ފެހި، އޮރެންޖް، ރަތް، ރީނދޫ އަދި ނޫކުލައެވެ. ފެހިކުލައަށް ހާއްސަ އިނާމަކީ އޮޓޮމެޓިކް ފްރިޖް ފްރީޒާއެކެވެ. އޮރެންޖް ކުލައަށް ހާއްސަ އިނާމަކީ އަށް ކިލޯގެ އޮޓޮމެޓިކް ދޮންނަމެށިނެކެވެ. ރަތް ކުލައަށް އިންވާޓާ އެއާކޯނެއް ހާއްސަކޮށްފައިވާ އިރު، ރީނދޫ ކުލައަށް ހާއްސަ އިނާމަކީ ގޭސް ކުކަރެކެވެ. އަދި ނޫކުލައަށް ހާއްސަ އިނާމަކީ 43 އިންޗީގެ ސްމާޓް ޓީވީއެކެވެ.

އީވޯ ފަރުނީޗަރ ގެ ލަކީ ޑްރޯ

އިނާމުތައް ހާސިލްކުރި ނަސީބުވެރިންނަށް ބަލާއިރު، ފްރިޖް ފްރީޒާ ހޯދާފައި ވަނީ ކޫޕަން ނަންބަރު 00000626 އެވެ. އަށް ކިލޯގެ ދޮންނަ މެޝިނު 00000138 ނަންބަރު ކޫޕަން ހޮވިފައިވާ އިރު، އިންވާޓާ އެއާކޯން ހާސިލްކޮށްފައި ވަނީ 00001133 ކޫޕަން އެވެ. ރީނދޫ ކޫޕަނަށް ހާއްސަ ގޭސް ކުކަރު ހޯދީ 00000365 ނަންބަރު ކޫޕަނުންނެވެ. އޭގެ އިތުރުން 43 އިންޗީގެ ސްމާޓް ޓީވީ ހާސިލްކުރީ 00000894 ކޫޕަނުންނެވެ.

އީވޯ އިން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް ގުޅުމަށްފަހު އިނާމުތައް ހަވާލުކުރާނެ ކަމަށެވެ.