ސާކު ޗެއާ ފެލޯޝިޕް އެންޑް ސްކޯލާޝިޕް 2015ގެ ދަށުން ދިވެހި ސަރުކާރުން ހުޅުވާލި ފުރުސަތަށް ހޮވުނު ބޫޓާންގެ ދަރިވަރު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިއްޖެއެވެ.

އެ ފުރުސަތުގެ ދަށުން އެމްއެންޔޫ އާ ގުޅިފައިވަނީ ބޫޓާންގެ ދަރިވަރެއް ކަމަށްވާ ނިދޫޕް ގްޔެލްޓެޝެން އެވެ.

ސާކު ޗެއާ ފެލޯޝިޕް އެންޑް ސްކޯލާޝިޕް 2015ގެ ދަށުން ދިވެހި ސަރުކާރުން ހުޅުވާލި ފުރުސަތަށް ހޮވުނު ބޫޓާންގެ ދަރިވަރު، ނިދޫޕް ގްޔެލްޓެޝެން (ކ) -- ފޮޓޯ: އެމްއެންޔޫ

ނިދޫޕް އެމްއެންޔޫގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ނާސިންގެ ދާއިރާއިންނެވެ. އެގޮތުން އެމްއެންޔޫގެ ހެލްތު އެންޑް ސައިންސް ފެކަލްޓީގައި އޭނާ ނާސިންގެ ދާއިރާއިން ބެޗްލާސް ހާސިލު ކުރުމަށް ހަމަޖެހިފައިވެއެވެ.

ނާސިންގެ ދާއިރާއިން ބެޗްލާސް ހާސިލު ކުރުމަށް އޭނާ ރާއްޖޭގައި ހޭދަ ކުރާ ހަތަރު އަހަރު ދުވަހުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

ސާކު ޗެއާ އެންޑް ފެލޯޝިޕްގެ މަގުސަދު ތަކުގެ ތެރޭގައި، ސާކުގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސުލްހަވެރިކަން ގާއިމުކޮށް އެއްގައުމު އަނެއް ގައުމަށް އެހީތެރިވެދިނުން ހިމެނެއެވެ.