01 Feb 2016, 15:15
ކުޑަކުއްޖަކަށް އެކިފަހަރުމަތިން ޖިންސީގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި އެވެ.
ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފަ އެވެ.
މިހާރު މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.