( 28 ޖެނުއަރީގެ އަދަދާ ގުޅޭ)

މުސްލިމުންގެ ބައެއް މުއައްރިޚުން ލިޔުއްވާގޮތުގައި،خُنَيْسއަވަހާރަވީ، އުޙުދު ހަނގުރާމައިގައި ޒަޚަމުވެވަޑައިގެންނެވެމުގު ސަބަބުންނެވެ. ނަމަވެސް، އިސްލާމީ ތާރީޚުގެ ޖުމްހޫރުންގެ ބަސްފުޅުގައިވާގޮތުން، އެކަލޭގެފާނު އަވަހާރަވީ، މަތީގައި ބަޔާންކޮށްފައިވާ ފަދައިން، ބަދުރު ހަނގުރާމައިގައި ޒަޚަމުވެވަޑައިގަތުމުގެ ސަބަބުންނެވެ.

خُنَيْسرضى اللّـه عنــهއަވަހާރަވުމަކީ،السّيّدة حفصة رضى اللّـه عنــهاގެ އިސްތަށިފުޅަށް ހިތާމައިގެ ފަރުބަދައެއް ކުދިކުދިވެގެން ފޭބުންފަދަ ކަމެކެވެ. ނަމަވެސް އެކަމަނާ އެންމެ ރީތިގޮތުގައި ކެތްކުރެއްވިއެވެ. މިންވަރުފުޅުގައި ހުރިގޮތާމެދު ރުހިވަޑައިގެންނެވިއެވެ. ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމާއި، ދީނީ ޢިލްމުތައް އުނގެނިވަޑައިގަތުމާއި، ސުންނަތް ރޯދަ ހިއްޕެވުން ގިނަކުރެއްވިއެވެ. ލޮބުވެތި ބައްޕާފުޅަށް އެކަމަނާގެ މޫނުފުޅުމަތީން އުފާވެރިކަމުގެ އަސަރު ފާޅުކޮށްދެއްވޭތޯ ހިންމަތް ކުރެއްވިއެވެ. ނަމަވެސް، އެންމެ ޒުވާން އުމުރުފުޅުގައި ހުވަފަތްވެވަޑައިގަތުމުގެ ސަބަބުން، އެމާތް ހިތްޕުޅަށް ކޮށްފައިވާ ފުން އަސަރު،عمررضى اللّـه عنــهފަދަ ބުއްދިވެރި ބަފައިކަލަކަށް ސިއްރެއް ނުކުރެއްވެއެވެ.السّيّدة حفصة رضى اللّـه عنــهاހުވަފަތްވެވަޑައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ބައެއް ރިވާޔަތްތަކުގައިވާގޮތުން، އަށާރަ އަހަރުފުޅެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން، އެކާވީސް އަހަރުފުޅެވެ.

حفصة-أمّ المؤمنين

ކުރީންވެސް ދެންނެވި ފަދައިން،السّيّدة حفصة رضى اللّـه عنــهاމިންވަރުފުޅަށް ރުހިވަޑައިގެން ނުހަނު މަތީދަރަޖަޔަކަށް ކެތްތެރިވެވަޑައިގެންނެވި ކަމުގައިވިޔަސް، އެކަމަނާގެ މޫނުފުޅުމަތީން ފާޅުވާ ހެޔޮލަފާކަމާއި، ތަޤްވާވެރިކަމާއި، މަޢުޞޫމްކަމުގެ އަސަރުގެ އިތުރަށް، ބައެއްފަހަރުފަހަރަށް ފާއްދައިލާ ހުވަފަތްކަމުގެ ރީނދޫކުލަ، އެކަމަނާގެ ބުއްދިވެރި ބައްޕާފުޅަށް ސިއްރުވެފައެއް ނެތެވެ. އެހެންކަމުން،عمررضى اللّـه عنــهއަށް އަބަދުވެސް ހުންނެވެނީ އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުކަމުގައިވާ ލޮބުވެތި ދަރިކަނބަލުންގެ ފިކުރުފުޅުގައެވެ. އެހިތާމަވެރި ޙާދިޘާއާމެދު މޮޅިފުޅުންނެވެ.عمرގެފާނު ގެންދެވީالسّيّدة حفصة رضى اللّـه عنــهاއަށް ފިރިކަލަކު ހޯއްދަވައިދެއްވުމަށް، އެކިރޮނގުރޮނގުން ފިކުރު ހިންގަވަމުންނެވެ.

ބަދުރުގައި މުސްލިމުންނަށް ލިބުނު ފަތަޙައާއި ނަޞްރުގެ އުފާވެރި ޚަބަރާއިގެންزيد بن حارثةرضى اللّـه عنــهއާއި،عبد اللّـه بن رواحة رضى اللّـه عنــهމަދީނާއަށް ވަޑައިގެންނެވި ދުވަހަކީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ލޮބުވެތި ދަރިކަނބަލުންالسّيّدة رقيّـة رضى اللّـه عنــهاއަވަހާރަވެ، ފަސްދާނު ލެވުނު ދުވަހެވެ. އެހެންކަމުން، އެކަމަނާގެ ފިރިކަލުންعثمان رضى اللّـه عنــهވެސް ހުންނެވީ ހުވަފަތްވެވަޑައިގެންފައެވެ. ހުއްސަރިބައިފުޅަށެވެ.عمرގެފާނު އެކަން ހަނދުމަފުޅުވުމުން، ނުހަނު އުންމީދާއި ޔަޤީންކަމާއެކު،عثمانގެފާނުގެ އަރިހަށް ވަޑައިގެން ބައްދަލުކުރެއްވިއެވެ.

عمرގެފާނު ވިދާޅުވިއެވެ. "އަޅުގަނޑު މިއަދު ކަލޭގެފާނުގެ އަރިހަށް މިއައީ، ވަރަށް ޚާއްޞަ ބޭނުމެއްގައެވެ. ވަރަށްބޮޑު މުހުތާދެއްވެސް އޮވެގެންނެވެ."

عثمانގެފާނު ވިދާޅުވިއެވެ. "އަވަހަށް ވިދާޅުވާށެވެ. އެއީ ކޮންކަމެއްތޯއެވެ؟"

عمرގެފާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ ހަންހާރަވެތި އަނބިކަނބަލުން، ކައުސާހިބާصلّى اللّـه عليه وسلّمގެ ލޮބުވެތި ދަރިކަނބަލުންالسّيّدة رقيّـة رضى اللّـه عنــهاއަވަހާރަވުމަކީ އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު ހިތާމައެކެވެ. ހަމައެފަދައިން އަޅުގަނޑުވެސް މިހިރީ، އަޅުގަނޑުގެ ދަރިފުޅުحفصةހުވަފަތްވުމުން އެކަމުގެވެސް މޮޅީގައެވެ. އެކަމުގެ ޙައްލަކަށް އަޅުގަނޑުގެ ވިސްނުމަށް އައީ އަޅުގަނޑުގެ ދަރިފުޅާ ކަލޭގެފާނާ ކާވެނިކޮށްދިނުމެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއްކަމުގައިވާނަމަ، އަޅުގަނޑު މިހިރީ އެކަމަށް ތައްޔާރަށެވެ."

عثمان رضى اللّـه عنــه،عمرގެފާނުގެ ވާހަކަފުޅު އަޑުއެއްސެވުމަށްފަހު ވިދާޅުވިއެވެ. "އަޅުގަނޑަށް ވިސްނައިލާނެ ފުރުޞަތެއް ދެއްވާށެވެ."

عمرގެފާނު، ދުވަސްކޮޅެއް ކޮށްލައްވައިފައިعثمانގެފާނާ ދެވަނަފަހަރަށް ބައްދަލުކުރެއްވިއެވެ.عمرގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ހުށަހެޅުމާމެދު ވިސްނައިވަޑައިގެންފީމުތޯއެވެ؟"عثمانގެފާނު ވިދާޅުވިއެވެ. "އާދޭހެވެ. އެކަމަކު އަޅުގަނޑު މިވަގުތު މީހަކާ އިނުމުގެ ޚިޔާލެއް ނެތެވެ."عثمانގެފާނުގެ އަރިހުން މާޔޫސްވެވަޑައިގެން އެނބުރި ގެއަށްވަޑައިގެންނެވި މަގުމަތީގައިعمرގެފާނުގެ ހަނދުމަފުޅަށް އައީ އެކަލޭގެފާނުގެ އެންމެ ޚާއްޞަ އަނެއް އެކުވެރިޔެއްކަމުގައިވާأبوبكر رضى اللّـه عنــهއެވެ.عمر فاروق رضى اللّـه عنــهވަގުތުން މިޞުރާބު ޖެއްސެވީ،أبوبكرގެފާނުގެ ގެކޮޅަށެވެ. އެގެއަށް ވަޑައިގެންأبوبكرގެފާނާއިحفصةއާ ކާވެނިކޮށްދެއްވުމުގެ ޚިޔާލު ފާޅުކުރެއްވިއެވެ.عمرގެފާނުގެ ވާހަކަފުޅު އަޑުއައްސަވައިފައިأبوبكرގެފާނު ކުޑަކޮށް ހިނިފުޅު ވަޑުވައިލެއްވުމަށްފަހު، އިސްދަށަށް ޖައްސަވައިލެއްވިއެވެ. އެއްވެސް ޖަވާބެއް ނުދެއްވިއެވެ. (ޞަޙީޙު ބުޚާރީ)عمرގެފާނު އެކަލޭގެފާނުގެ ދަރިކަނބަލުންގެ ކާވެނިފުޅު، ހެޔޮކަމުގެ އަހްލުވެރީންނަށް ހުށަހަޅުއްވައިފައިވާތީ، އެކަމުގެ މާތްކަން ހާމަކުރެއްވުމަށްޓަކައިالإمام بخارى رحمه اللّـهވަނީ އެވާހަކަ ބަޔާންކުރެއްވުމަށްޓަކައި، އެކަލޭގެފާނުގެ ޞަޙީޙުގައި ޚާއްޞަ ބާބެއް ހިމަނުއްވައިފައެވެ. "އިންސާނަކު ތިމާގެ އަންހެން ދަރިޔެއްގެ ނުވަތަ އުޚުތެއްގެ ކާވެނި، ކޮންމެވެސް ހެޔޮކަމުގެ އަހްލުވެރިޔަކަށް ހުށަހެޅުމުގެ ވާހަކަ ނަންގަތް ބާބު"(بَابُ عَرْضِ الإنْسَانِ بِنْتَهُ اَوْاُخْتَهُ عَلَى اَهْلِ الْخَيْر)ގެ ނަމުގައެވެ.

صدّيق الأكبرވެސްعمرގެފާނުގެ ހުށަހެޅުއްވުމަށް އެއްވެސް ޖަވާބެއް ނުދެއްވުމުން،عمرގެފާނު ވަރަށް ދެރަފުޅުވިއެވެ. އެކަލޭގެފާނު ހީފުޅުކުރުއްވައިގެން ހުންނެވީ،عثمانގެފާނާއިأبوبكرގެފާނުވެސް، އެކަލޭގެފާނުގެ ހުށަހެޅުއްވުން ނުހަނު އުފާފުޅުން ޤަބޫލު ކުރައްވާނެ ކަމުގައެވެ. އެކަލޭގެފާނުގެ "އެކޮއްކޮ" އަކަށް ވެވަޑައިގަތުމަކީ ޝަރަފެއް ކަމުގައި ދެކެވަޑައިގަންނަވާނެ ކަމުގައެވެ. އެކަލޭގެފާނުގެ ދީނީ ޚިދުމަތަށްޓަކައެވެ. އެ ދެބޭކަލުންނާއި އެކަލޭގެފާނާ މެދުގައި އޮންނަ އިޚްލާޞްތެރި ގާތްކަމާއި ރަޙްމަތްތެރިކަމަށްޓަކައެވެ. އެކަލޭގެފާނުގެ ވަންހަފުޅުގެ މާތްކަމާއި ޝަރަފަށްޓަކައެވެ. ނަމަވެސް، އެދެބޭކަލުންކުރެ ބޭކަލަކު އެކަމަށް އެއްވެސް ފަރުވާލެއް ނުބެހެއްޓެވުމުން،عمرގެފާނު ވަރަށް ދެރަފުޅުވިއެވެ. އެކަލޭގެފާނު ޤަޞްދުކުރެއްވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ހިރިޔާފާތުރާގެ ދަށަށް، އެކަމުގެ ޝަކުވާ ހުށަހެޅުއްވުމަށެވެ.

عمرގެފާނު އެއްދުވަހަކު، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ!حفصةދެވަނަ ކާވެންޏެއް ކުރުވުމުގެ މައްސަލައިގައި، އަޅުގަނޑު މިހުންނަނީ ވަރަށް ފިކުރު ބޮޑުވެފައެވެ.أبوبكرގެފާނާއިعثمانގެފާނުގެ އަރިހުގައިވެސް، އަޅުގަނޑު އެކަމަށް އެދި ދަންނަވައިފީމެވެ. އޭގެތެރެއިން އެއްބޭކަލަކު، ކަނޑައެޅިގެން ކުރެއްވީ އިންކާރެވެ. އަނެއްބޭކަލަކު، އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

އިތުރު ސާހިބާصلّى اللّـه عليه وسلّمعمرގެފާނުގެ ވާހަކަ އަޑުއައްސަވައިފައި، ހިނިވަރުނަ ކުރެއްވިއެވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. "އޭعمرގެފާނެވެ! ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ފިކުރުފުޅު ބޮޑުނުކުރައްވާށެވެ! ހިތާމަފުޅު ނުކުރައްވާށެވެ! ހިތްޕުޅު ހަމަޖައްސަވާށެވެ! އަރަހުށި މާތްاللّـهކަލޭގެފާނުގެ ދަރިކަނބަލުންނަށްعثمانގެފާނަށްވުރެ ހެޔޮކަންބޮޑު ފިރިކަލަކު ދެއްވައިފިއެވެ. ކަލޭގެފާނުގެ ދަރިކަނބަލުންނަށްވުރެ މާތް އަނބިކަނބަލަކުعثمانގެފާނަށް ދެއްވައިފިއެވެ."

ކައުސާހިބާصلّى اللّـه عليه وسلّمއެގޮތަށް ޖަވާބު ދެއްވުމުންعمرގެފާނަށް ވަރަށްބޮޑު ޙައިރާންފުޅުކަމެއް ލިބިވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ވާހަކަފުޅުގެ މުރާދު ވިސްނިވަޑައެއް ނުގެންނެވިއެވެ. ނަމަވެސް، އިތުރު ސާހިބާގެ ވާހަކަފުޅާމެދު ޔަޤީންކަމާއި އުންމީދުގައި، ކެތްތެރިވެވަޑައިގެން ހުންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمދުވަސްކޮޅެއްގެ ފަހުން، އެކަލޭގެފާނުގެ ދަރިކަނބަލުންالسّيّدة أمّ كلثوم رضى اللّـه عنــهاއާعثمانގެފާނާ ކާވެނިކޮށްދެއްވިއެވެ. އިތުރު ސާހިބާގެ ވާހަކަފުޅުގެ އެއްބައި ޙަޤީޤަތަކަށްވުމުން،عثمانގެފާނަށްވުރެ ހެޔޮކަންބޮޑު ފިރިކަލަކަށްحفصةއަށް ލިބިވަޑައިގަންނަވާނީ ކޮންބޭކަލެއްތޯ ބައްލަވަންعمرގެފާނު އިންތިޒާރުގައި ހުންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ވާހަކަފުޅުގެ އަނެއްބައި ޙަޤީޤަތަކަށްވީ، ޚުދު އެމާތް ސާހިބާالسّيّدة حفصة رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވުމުންނެވެ.

އަރަހުށި މާތްاللّـهޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާالسّيّدة حفصة رضى اللّـه عنــهاގެ ކާވެނިފުޅަށް އެދިވަޑައިގެންނެވުމުން،عمر رضى اللّـه عنــهއަށް ލިބިވަޑައިގެންނެވި އުފާފުޅު ސިފަކޮށްދިނުމަކީ، ގަލަންތަކާއި ދޫތަކަށް ކުޅަދާނަވާފަދަ ކަމެއްނޫނެވެ. އެކަލޭގެފާނުގެ ދަރިކަނބަލުންحفصةއަށް އެފަދަ ޝަރަފެއް ލިބިވަޑައިގެން، މުއުމިންތަކުންގެ މައިކަނބަލެއްގެ މަތިވެރި މަޤާމަށް ހޮވިވަޑައިގެންފާނެ ކަމަކަށްعمرގެފާނަށް ޚިޔާލުފުޅުވެސް ކޮށްލެއްވިފައެއް ނެތެވެ.

عمر الفاروق رضى اللّـه عنــهގެ ލޮބުވެތި ދަރިކަނބަލުންالسّيّدة حفصة رضى اللّـه عنــها،އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ޙަޔާތްޕުޅުގެ ބައިވެރިޔަކަށް ވެވަޑައިގަތީ، ހިޖްރައިން ތިންވަނަ އަހަރުގެ ބަރަކާތްތެރި ޝަޢުބާންމަހުގެ ތެރޭގައެވެ. އެމާތް ކާވެނިފުޅުވީ، އުޙުދު ހަނގުރާމައިގެ ކުރީންނެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންގެ މަޤާމުގައި އޭރު ތިއްބެވީ،أمّ المؤمنينالسّيّدة سودة بنت زمعة رضى اللّـه عنــهاއާއި،أمّ المؤمنينالسّيّدة عائشة رضى اللّـه عنــهاއާ ދެބޭކަނބަލުންނެވެ.

ކައުސާހިބާصلّى اللّـه عليه وسلّم،أمّ المؤمنينالسّيّدة حفصة رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންނެވުމުން،أبوبكر الصدّيق رضى اللّـه عنــه، عمر بن الخطّاب رضى اللّـه عنــهގެ އަރިހަށް ވަޑައިގެން ބައްދަލުކުރެއްވިއެވެ.أبوبكرގެފާނު ވިދާޅުވިއެވެ. "ލޮބުވެތި އަޚާއެވެ! އަޅުގަނޑާމެދު ކުޑަވެސް ހިތްޕުޅު ބުރަކަމެއް ނުބާއްވަވާށެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކު އަޅުގަނޑުގެ ގާތުގައިވަނީحفصةއާ ކާވެނިބައްލަވައިގެންނެވުމުގެ އިޝާރަތެއް ކުރައްވައިފައެވެ. އެހެންނޫންނަމަ، އަޅުގަނޑު ކަލޭގެފާނުގެ ހުށަހެޅުއްވުން އުފަލުން ޤަބޫލުކުރީމުހެވެ. އަޅުގަނޑު އެދުވަހު އެވާހަކަ ނުދެންނެވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ސިއްރެއް ބޭޒާރުކުރަން ހިތްހަމަ ނުޖެހޭތީއެވެ."

(ނުނިމޭ)