01 Feb 2016, 12:10
ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ވާހަކަ ދެއްކި މައްސަލާގައި ފުލުހުން ހޯދަން އިއުލާނު ކުރި ސ.ފޭދޫ ވިންޑުސްކްރީން، އިސްމާއިލް މާހިރު 30 ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުން ކަމަށެވެ.
ފުލުހުން ބުނީ އިސްމާއިލް މާހިރުގެ މައްޗަށް ތުހުމަތުކުރެވެނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަދައްކާފައިވާ މައްސަލައެއް ކަމަށެވެ.