ދިވެހި ސަރުކާރާއި އަމިއްލަ ފަރުދުންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ދެމުން އަންނަ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޮސްޓްރޭލިއާ އެވޯޑްސްވެބްސައިޓުގައި ބުނެފައި ވަނީ އޮސްޓްރޭލިއާ އެވޯޑްސް ސްކޯލާޝިޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ސްކޯލޮޝިޕް ދެނީ މައިގަނޑު ހަތަރު ދާއިރާއަކުން ނެވެ. އެއީ އެޑިއުކޭޝަނާއި ސަސްޓެއިންބަލް ޑިވެލޮޕްމަންޓާއި ގުޑް ގަވަނަންސްގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާ އިން ނެވެ.

އެ ހަތަރު ދާއިރާ އިން ވެސް ކިޔެވުމުގެ ފުރުސަތު ލިބެނީ ލިސްޓް އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސްގެ ވެބްސައިޓުގައި ލިސްޓު ކުރެވިފައިވާ އޭރިޔާތަކުން އެކަނި ކަމަށް ވެސް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.