އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލޭޝް މިޝްރާ އާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ހެނދުނު ރައީސް ވަޙީދުގެ އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި ދެބޭފުޅުން ތަޢަރަފުވެ، ދިވެހިރާއްޖެ އާއި އިންޑިއާޔާ ދެމެދު އޮންނަ ގުޅުމާމެދު ހިޔާލު ބަދަލުކުރެއްވި އެވެ. އަދި ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ އެކިއެކި ކަންކަމާ މެދު ވެސް ހިޔާލު ބަދަލުކުރެއްވި އެވެ.