31 Jan 2016, 15:38
އައްޑޫ ސިޓީ މަރަދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓުރޯލުން ނެއްޓި، ގެއެއްގެ ފާރަށް އަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 2:30 އެހާކަންހާއިރު އައްޑޫ ސިޓީ މަރަދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެ ރަށު އޯކިޑުމަގުގައި ހުންނަ ގެއެއްގެ ފާރަށް އަރާފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.