މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ނިމިދިޔަ 2015 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 1,778,831 ޑޮލަރުގެ ފައިދާއެއް ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1736918 ޑޮލަރެވެ. ނަމަވެސް ހަތަރު ވަނަ ކުއާޓަރުގައި 1,778,831 ޑޮލަރު ލިބިފައިވެ އެވެ. މިއީ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު، 41913 ޑޮލަރުގެ ކުރިއެރުމެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އަކީ އޭގެ ކުރީ ތިން ކުއާޓަރުގައި ލިބުނު މިންވަރަށް ވުރެ މަތީ އަދަދެކެވެ.

އެމްޓީޑީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް ޖެހިފައި ވަނީ 0.05 ޑޮލަރެވެ.