ޕެރިސް (ޖެނުއަރީ 31): އީރާނުގެ ރައީސް ހަސަން ރޫހާނީ ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ރައީސް، ފްރަންސުވާ ހޮލާންޑޭއާ އެކު ބާއްވަން އޮތް ފަރިއްކޮޅުގައި ވައިން ނުވަތަ ރާ ނުހިމެނުމަށް ރެސްޓޯރަކުން އެއްބަސްނުވުމުން އެ ފަރިއްކޮޅު ކެންސަލްކޮށްފި އެވެ.

ފްރާންސަށް ރައީސް ރޫހާނީ ވަޑައިގެންނެވީ އީރާނާ ދެކޮޅަށް އަޅާފައި އޮތް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނުގެ ރައީސް ރޫހަނީ ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕެރިހުގެ މަޝްހޫރު ރެސްޓޯރެންޓެއްގައި ބާއްވަން ހަމަޖެހިފައި އޮތް ފަރިއްކޮޅުގައި ފްރާންސުން ބޭނުންވީ ވައިންއާ އެއްކޮށް އެ ގައުމުގައި އާއްމުކޮށް ކައި އުޅޭ ކެއުމެއް ތައްޔާރުކުރުމަށެވެ. އީރާނުގެ ޑިޕްލޮމަޓުން އެދުނީ އިސްލާމީ މިންގަނޑަށް ފެތޭ ހަލާލް ކެއުމެއް ތައްޔާރުކުރުމަށެވެ. ނަމަވެސް އެފަރިއްކޮޅު ވަނީ ފްރާންސުގެ ސަގާފަތާ ނުގުޅޭ ފަރިއްކޮޅެއް ކަމުން އެ ރެސްޓޯރެންޓުން ވަނީ ކެއުމުގައި ހިމެނޭ ބައިތައް ބަދަލު ކުރުމަށް އިންކާރުކޮށްފަ އެވެ.

އެއީ އެފަދަ ހާދިސާއެއް ފްރާންސުގައި ހިނގި ފުރަތަމަ ފަހަރެއްނޫނެވެ. މީގެ ކުރިން، މިދިޔަ ނޮވެމްބަރު މަހު ވެސް އީރާނުގެ ރައީސާއި ފްރާންސުގެ ރައީސް ބައިވެރިވެވަޑައިގެން ހަމަޖައްސާފައި އޮތް ފަރިއްކޮޅެއް ވަނީ އެސަބަބަށްޓަކާ ކެންސަލްކޮށްފަ އެވެ. (ވޮޝިންޓަން ޓައިމްސް)