31 Jan 2016, 11:03
ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ވާހަކަ ދެއްކި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހޯދަމުން ދަނީ، ސ.ފޭދޫ ވިންޑުސްކްރީން، އިސްމާއިލް މާހިރު 30 އަހަރެވެ.
ފުލުހުން ބުނީ އެމީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެ މައުލޫމާތެއް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރެއެވެ.