ސަރުކާރާއި ރައްޔިތުން ބައިވެރިވެރިވާ، ވިޔަފާރި ކުންފުނި އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު ވަރު 134 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެ ކުންފުނިން މިއަދު އާންމު ކުރި ކްއާޓާ ރިޕޯޓްގައިވާ ގޮތުން އެ ފައިދާ ހޯދާފައި ވަނީ އެ ކުއާޓަރުގައި 1.9 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް އަދި ގްރޮސް ޕްރޮފިޓްގެ ގޮތުގައި 369 މިލިއަން ރުފިޔާ ހޯދައިގެންނެވެ.

އެސްޓީއޯގެ 2015 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ފައިދާއަކީ 71.79 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހޯދި 134 މިލިއަން ރުފިޔާގެ ފައިދާއަކީ ކުރީ ކުއާޓަރަށް ވުރެ 62.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އޮޕަރޭޓިން ޕްރޮފިޓަކީ 195 މިލިން ރުފިޔާ އެވެ. އަދި ޓެކްސް ކެނޑުމުގެ ކުރިން ފައިދާއަކީ 152 މިލިއަން ރުފިޔާ އެވެ.