އިނގިރޭސި އެފްއޭކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ އާސެނަލް އާއި މެންޗަސްޓާ ސިޓީ ކުޅުނު މެޗުތައް އެއްވަރު ވެގެން ނިމުނު އިރު ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމެއްޖެ އެވެ.

އާސެނަލް 2-1ގެ ނަތީޖާ އަކުން ބާންލީގެ މައްޗަށް ކުރި ހޯދިއިރު ސިޓީ ކުޅުނު މެޗު 4-0ގެ ނަތީޖާ އަކުން ވަނީ އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އަދި ލިވަޕޫލް އާއި ވެސްޓް ހަމް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްގެ އެމަރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓްގައި އެލްކްސް ސަންޗޭޒްގެ އެހީތެރިކަމާ އެކު ކަލުމް ޗެމްބާސް ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ބާންލީގެ ސޭމް ވޯކްސް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އާސެނަލްއަށް ދެވަނަ ފަހަރަށް އެ މެޗުގައި ލީޑުނަގައިދިން ގޯލް، މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޗެމްބަލެން ތަނަވަސް ކޮށްދިން ފުރުސަތަކުން އަނިޔާ އަށް ފަހު ކުޅެން ނިކުއިން ސަންޗޭޒް އެވެ.

އެސްޓަން ވިލާގެ ސިޓީ ޕާކްގައި ރޭ ކުޅުނު މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކި އިރު އެ މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް ކެލެޗީ އިއަނާޗޯ ވަނީ އެ ޓީމުން ޖެހި ފުރަތަމަ ތިން ގޯލް ކާމިޔާބުކޮށް ހެޓްރިކެއް ހަދައިފަ އެވެ. އަދި ހަތަރު ވަނަ ގޯލު ރަހީމް ސްޓާލިންގް ކާމިޔާބް ކުރީ އިއަނަޗޯގެ އެހީތެރިކަމާ އެކު އެވެ.

ލިވަޕޫލްގެ އެންފިލްޑްގައި ކުޅުނު މެޗުގައި އެ ޓީމުގެ ކްރިސްޓިއަން ބެންޓެކޭ އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބިގެން ގޮސްފަ އެވެ. އަދި ވެސްޓް ހޭމްގެ ވެލެންސިއާ ފޮނުވާލި ބޯޅަ ދިޔައި ގޯލާއި އަމާޒު ނުވެ އެވެ. އެ ނަތީޖާއާއެކީ، ފަސްވަނަ ބުރަށް ދާނެ ޓީމެއް ޔަގީން ވެގްންދާނީ ވެސްޓްހަމްގެ ދަނޑުގައި ކުޅޭ މެޗަށް ފަހުގަ އެވެ.