31 Jan 2016, 09:47
ރާއްޖޭގައި އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި، ދިރާގަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 162 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 601 މިލިއަން ރުފިޔާ ލިބިފައިވާ އިރު ފައިދާ ވަނީ 162 މިލިއަނަށް އަރައިފަ އެވެ.
ތިން ވަނަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 194 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނިން ހަތަރު ވަނަ ކުއާޓާގައި ޓެކްސްގެ ގޮތުގައި 26 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ހިއްސާއަކަށް ފައިދާގެ ގޮތުގައި 2.14 ރުފިޔާ ޖެހިފައިވާ އިރު މިދިޔަ އަހަރު ހިއްސާގެ ފައިދާއަކަށް 8.56 ރުފިޔާ ވަނީ ޖެހިފަ އެވެ.