މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކް އާއި، ފޭސްބުކްއިން ހިންގާ ފޮޓޯ ޝެއާރިންގް އެޕް އިންސްޓަގްރާމް މެދުވެރިކޮށް، ބަޑި ފަދަ ހަތިޔާރުގެ އިޝްތިހާރު ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުން ފޭސްބުކް އިން މަނާކޮށްފި އެވެ.

ފޭސްބުކް އިން މީގެ ކުރިން ވަނީ، އައިޑެންޓިޓީ ޗެކު ނުކޮށް ހަތިޔާރާއި ބަޑީގެ ވިޔަފާރި ފޭސްބުކް މެދުވެރިކޮށް ނުކުރެވޭނެ ކަމަށް ނިންމައި، އެފަދަ ވިޔަފާރި ކުރާ މީހުންގެ އައިޑެންޓިޓީ ބަލަމުންނެވެ.

ނަމަވެސް މިހާރު ފޭސްބުކްއާއި އިންސްޓަގްރާމުގައި، އަމިއްލަ ފަރުދުންގެ މެދުގައި ވެސް، އެކަކު އަނެކަކަށް ބަޑި ވިއްކުމާއި ބަޑި ގަތުމުގެ ވިޔަފާރި ނުކުރެވޭނެ އެވެ.

ފޭސްބުކް އިން މިގޮތަށް ކަންތައް ކޮށްފައި ވަނީ، ބަޑި ގެންގުޅުމާއި ބަޑީގެ ހަމަލާތައް ދިނުމުގެ ސަބަބުން އެމެރިކާގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގެ ވާހަކަފުޅު ދައްކަވަމުން ކީރިތި ކުރައްވައި، އެމެރިކާގައި ހަތިޔާރާއި ބަޑި ގެންގުޅުމަށް ހަރުކަށި ގަވައިދުތަކެއް އެކުލަވައިލުމަށް ބާރު އެޅުއްވުމާއި ގުޅިގެންނެވެ.

ބައެއް މީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބަޑިއާއި ހަތިޔާރާއި، އެހެނިހެން ނުރައްކާތެރި ތަކެތީގެ ވަގު ވިޔަފާރި ކުރުމަށް ފޭސްބުކަކީ ބޭނުންކުރަން އެންމެ ރަނގަޅު ޕްލެޓްފޯމެވެ. އެހެންކަމުން، އެކަން ހުއްޓުވުމަށް ފޭސްބުކްއިން ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް ގިނަ ބަޔަކު ގެންދިޔައީ އެދެމުންނެވެ.