30 Jan 2016, 23:51
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދެވަނަ ދަރިކަލުން، އަދި ސްރީލަންކާގެ ނޭވީ އޮފިސަރެއް ކަމަށްވާ ޔޮޝިތާ ރާޖަޕަކްސާ ހައްޔަރުކޮށްފި އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އިން ޔޮޝިތާ ހައްޔަރުކޮށްފައި ވަނީ ސްރީލަންކާ ނޭވީ ގެ ހެޑް އޮފީހަށް ހާޒިރު ކުރުމަށްފަހު އެވެ.
ނޭވީ އޮފީހަށް ހާޒިރުކޮށް، ފައިސާ އާއި ގުޅުން ހުރި މައްސަލައެއްގައި ޔޮޝިތާ އާ ހަތް ގަޑިއިރު ވަންދެން ސުވާލު ކުރިކަމަށް ޚަބަރުތައް ބުނެ އެވެ.
ޔޮޝިތާ ހައްޔަރުކޮށްފައިވާކަން ލަންކާ ނޭވީ އިން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަން ހާމަކޮށްފައެއްނުވެއެވެ.
ޔޮޝިތާގެ އިތުރުން، އެހެން ހަތަރު މީހަކުވެސް އެ މައްސަލައިގައި ވަނީ ހައްޔަރުކޮށްފަ އެވެ.