30 Jan 2016, 15:46
ތިނަދު އަށް އަލަށް ކަރަންޓް ދިނުމަށް ސަރުކާރުން އެ ރަށުގައި ގާއިމުކޮށްފައިވާ ޓާސްކް ފޯސްއާ ބައްދަލުކުރެއްވުމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ތިނދު އަށް ވަޑައިގެންފި އެވެ.
ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރުގެ ދަތުރުފުޅުގައި ތިނަދޫ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށާއި އަދި އިންޖީނުގެ އަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.