30 Jan 2016, 10:29
މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ވ. ވިލިނގިލިޕެލަސް އަހްމަދު މުހައްމަދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން ބޭނުންކުރާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރުކުރީ ކުޑަކުއްޖަކު ރަހީނުކޮށްގެން ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.