ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ނިކުުންނަ ޓީމަކަށް ވެލްންސިއާ ވެއްޖެ އެވެ.

ވެލްންސިއާ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ލަސް ޕަލްމްސްގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. މި ދެ ޓީމު ވެލްންސިއާގެ ދަނޑުގައި ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރުވެފައިވާތީވެ ވެލެންސިއާ ދެވަނަ މެޗު ކާމިޔާބް ކުރުމުން އެ ޓީމަށް ކުރި ލިބެނީ 2-1 އެގްރިގޭޓަކުންނެވެ.

ލަސް ޕަލަމްސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ އެންޑްރީ ގޮމޭސް ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮޑްރިގޯ އެވެ.

އެ ނަތީޖާގައި އޮވެ މެޗު ނިމުމުން ވެލެންސިއާ އިން ސެމީގެ ޖާގައެއް ކަށަވަރު ކުރިއިރު ސެމީ ފައިނަލް ފުރަތަމަ ލެގްގައި ބާސެލޯނާގެ ކޭމްޕްނޯގައި މި ދެ ޓީމް ނިކުންނާނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ.

ވެލްންސިއާ ދެކޮޅަށް ބާސާ ނިކުންނަ އިރު އެ ޓީމަކީ އެންމެ ފަހުގެ ލީގް ކަޕްގެ ވެސް ޗެމްޕިއަން ޓީމެވެ. އެ ކުލަބުން ވަނީ ވޭތުވެ ދިޔަ އަހަރުގެ ހަ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އަދި ލީގްގެ އެއްވަނާގައި ވެސް އޮތީ ބާސެލޯނާ އެވެ.

ސެމީގެ އަނެއް މެޗުގައި ސެމިއްޔާއާ ދެކޮޅަށް ނިކުންނާނީ ސެލްޓަ ވިގޯއެވެ.