ސައުދީ އަރަބިއްޔާގެ ޝިޢަޢީންގެ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްއެއްގައި ދެ މީހަކު މަރުވެ އިތުރު ހަތް މީހަކު ޒަހަމް ވެއްޖެއެވެ.

މި ހާދިސާ ހިނގީ ސައުދީގެ އަލްއަހްޝާ ސަރަހައްދުގެ މިސްކިތެއް ކަމަށްވާ އިމާމް ރިދާ މިސްކިތައް މިއަދުގެ ހުކުރު ނަމާދަށް މީހުން ޖަމާވެފައިވަ ވަނިކޮށެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން އާއި ހަވާލާދީ ސައުދީ ސްޓޭޓް މީޑިއާއިން ބުނީ ބޮމުގެ ހަމަލާ ދޭން އައި ދެމީހުން ހުއްޓުވުމަށް ސެކިއުރިޓީން މަސައްކަތް ކުރި ކަމަށާއި އެދެމީހުން ހަމަލާ ދިނީ މިސްކިތުގެ ދޮރު މަތީގައި ސެކިއުރިޓީން އެދެމީހުން ހިފަހައްޓައިގެން ތިއްބައި ކަމަށެވެ.

"ސެކިއުރިޓީން އެ ދެމީހުން ހުއްޓުވި އަދި ވަނީ އަމިއްލައަށް ގޮއްވާލަން މަސައްކަތް ކޮށްފައި އަދި އެ ދެމީހުން އެކަކު އަނެކަކަށް އަލިފާން ސާކެޓް ކުރި، އެމީހާ ވަނީ ޒަހަމް ވެފައި، އަދި ވަނީ ހައްޔަރު ކުރެވިފައި" ސައުދީގެ އިންޓިރިއާ މިނިސްޓްރީއިން ބުންޏެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާގައި ވަނީ ތިން މީހުން މަރުވެފައެވެ. މީގެއިތުރުން ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބޮމުގެ އިތުރުން ބަޑިން ވެސް މިސްކިތަށް ވަނީ ހަލާދީފަ އެވެ.

ނަމަވެސް ސައުދީގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ މަރުވެފައިވަނީ ދެމީހުން ކަމަށެވެ.

ބޮމުގެ ހާދިސާ ހިނގީ ޝިއަޢީންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް އޮންނަ އިރާންއާއި ސައުދީންގެ ގުޅުން ގޯސްވެފައިވާ ދުވަސްވަރެއްގައެވެ.