ތިނަދޫއިން އަހުމަދު ސާއިލް އަލީ

ގދ. ތިނަދޫގައި ސިފައިންގެ ފަޔާލޮރީއެއްގެ ދަށު ސައިކަލެއްވެ ސައިކަލް ދުއްވަން އިން ފަރާތައް އަނިޔާވެއްޖެއެވެ.

މިރަށު ހިތްފަސޭހަ މަގުގައި 1:30 ކަންހާއިރު ހިނގި އެއެކްސިޑެންޓުގައި ފަޔާ ލޮރީގެ ދަށަށް ސައިކަލު ވަދެ ސައިކަލަށާއި ސައިކަލް ދުއްވަން އިން ފަރާތައް ވަނީ އަނިޔާ ވެފައެވެ. ނަމަވެސް ގައިމެށުން ފިޔަވާ ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެއެވެ.

ތިނަދޫ އެކްސިޑެންޓް

އެއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާގޮތްނުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފަޔާލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާއިރު ތިނަދޫ މިއަދު އޮތީ އަސާސީ ހިދުމަތެއް ކަމަށްވާ ކަރަންޓު ނުލިބިއެވެ.