29 Jan 2016, 15:11
ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ބަޔާން ދޫކޮށްދާނަމަ އޭނާ ދިއުމުގެ ފުރުސަތު އެންމެ ބޯޑީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ލެވަންޑޮސްކީ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިނގިރޭސި ކުލަބުތައް ކަމައްވާ މެންޗެސްޓާ ޔުނައިޓަޑާއި މެންޗެސްޓާ ސީޓީ އާއި ރެއާލްއިން ނެވެ.
ސްޕެއިންއާއި އިނގިރޭސި މީޑއާ ރިޕޯޓް ބުނާ ގޮތުން، ލެވަންޑޮސްކީ ވަނީ އިނގިރޭސި ތިން ކުލަބުން ހުށަހެޅި ބިޑަށްވެސް ނޫނެކޭ ބުނެފައެވެ.
ނަމަވެސް ރެއާލްއިން ހުށަހެޅި ހުށަހެޅުމަށް އާއެނކޭ ބުނި ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިނގިރޭސީ ބައެއް މީޑިއާތަކުން ބުނީ ބަޔާންގެ ކޯޗުކަން ސްޕެއިންގެ ޕެޕް ގާދިއޯލާ ދޫކޮށްލާއިރު، ލެވަންޑޮސްކީވެސް ގާޑިއޯލާ ދާ ކުލަބަކަށް ދިއުމަށް ޝައުގުވެރިވެއެވެ.
ނަމަވެސް ބަޔާންއާ އެކު ސޮއި ކުރި ކޮންޓްރެކްޓްގައި ބާކީ ހަތަރު އަހަރު އޮތްއިރު ބަޔާންއިން އޭނާ ދޫކޮށްލާނީ ކުލަބަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކުލަބަކަށެވެ.
އުމުރުން 27 އަހަރުގެ ލެވަންޑޮސްކީއަކީ ބެލަންޑޯ އެވޯޑްގެ ހަތަރު ވަނަ ހޯދި ކުޅުންތެރިޔާއެވެ.