މެންޗަސްޓާ ސިޓީގެ މިޑްފިލްޑަރު ކެވިން ޑިބްރޭނާ އަށް އަނިޔާވެ ދެ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ލީގް ކަޕް ސެމީ ފައިނަލްގައި އެވަޓަން އަތުން މޮޅުވި މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުމެ އެމުބާރާތުގެ ފައިނަލަށް ސިޓީ ގެންގޮސްދިން ގޯލް ސާޖިއޯ އަގުއެރޯ ޖެހުމަށް މަގުފަހި ކޮށްދިން ޑިބްރޭނާ އަށް ވަނީ އެ މެޗުގެ އިތުރު ވަގުތުގައި އަނިޔާވެގެން ބާލައިފަ އެވެ.

މެޗަށް ފަހު ޑިބްރޭނާގެ އެޖެންޓް ވަނީ އޭނާ ހަ ހަފްތާ ފަހުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބުނެފަ އެވެ. ނަވަމެސް ޓްސްޓްތަކަށް ފަހު ޑިބްރޭނާ ބުނީ އޭނާގެ ކަނާއަތު ކަކުލަށް ލިބިފިއިވާ އަނިޔާއާ ގުޅިގެން ކުޅުމުގެ ތެރެއަށް އައުމަށް މަދު ވެގެން ދެ މަސް ދުވަސް ނަގާނެ ކަމަށެވެ.

ސިޓީ އާއި އެވަޓްން ކުޅުނު މެޗުގައި ޑިބްރޭނާ އަށް އެވަޓަންގެ ރަމިރޯ ފައުލް ކުރަނީ --- ފޮޓޯ: އޭޕީ

"މި ދަނޑިވަޅުގައި ކުރެވޭނެ ކަމަކާ އަނިޔާ އިން ސަލާމަތް ވުމަށް ގަދަ އަޅާ މަސަތްކޮތްގެން އަވަހަށް ކުޅުމުގެ ތެރެއަށް އައުމަށް މަސަތްކަތް ކުރުން. އަހަރެންގެ އަބަދުވެސް ހުވަފެނަކީ ފުޓްބޯޅަ ކުޅުން،" ޑިބްރޭނާ ބުންޏެވެ.

އޭނާ އަށް އެ ލިބުނު އަނިޔާއާ ގުޅިގެން ލީގްގައި ސިޓީ ކުޅޭ 13 މެޗުގެ އިތުރުން ފެބްރުއަރީ 28 ވެމްބްލީގައި ކުޅޭ ލީގް ކަޕް ފައިނަލް ވެސް ގެއްލިގެންދާނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގްގައި ސިޓީ ކުޅެން ޖެހޭ ދެ ލެގް ވެސް ގެއްލިގެން ދާނެ އެވެ.

އުމުރުން 24 އަހަރުގެ ޑެބްރޭނާ މިދިޔަ އޮގަސްޓްމަހު ސިޓީއާ ގުޅުނު އިރު އޭނާ ވަނީ މިސީޒަނުގައި އެ ޓީމަށް 12 ގޯލު ކާމިޔާބް ކޮށްދީގެން ސިޓީގެ ދެވަނައަށް އެންމެ ގިނާ ގޯލުޖެހި ކުޅުންތެރިއާއަށް ވެފަ އެވެ.