28 Jan 2016, 22:56
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލާ ސުވާލު ކޮށްފިއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭސީސީގެ ތަހުގީގު ޓީމުން ބައްސާމާ ސުވާލުކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ބައްސާމާ ސުވާލުކޮށްފައި ވަނީ އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށެވެ.
އޭސީސީގެ ތަހުގީގު ޓީމުން ބައްސާމާ ސުވާލުކޮށްފައިވާއިރު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ވެސް އެ ކޮމިޝަންގެ ތަހުގީގު ޓީމުން ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ސުވާލުކޮށްފައެވެ.
ތަހުގީގު ކުރިއަށްދާތީ އެ މައްސަލަތަކުގެ ތަފްސީލީ މައުލޫމާތު އޭސީސީން އަދި ހިއްސާކޮށްފައެއް ނުވެއެވެ.