29 Jan 2016, 10:43
ނިއުރޭޑިއަންޓްސް ސްޕޯޓްސް ކުލަބްގެ ޗެއާމަނަކަށް ޔާމިން އާދަމް އިންތިޚާބު ކޮށްފިއެވެ.
އެފްއޭއެމް ހައުސްގައި މިރޭ ބޭއްވި ނުރޭޑިއަންޓުގެ އިންތިޚާބުގައި އެ ކުލަބުގެ ޗެއާމަނަކަށް ޔާމީން އެކަނި ކުރިމަތިލާފައި ވުމުން އެ ކުލަބުގެ ހިންގާ ކޮމެޓީގެ އަގުލަބިއްޔަތުން އޭނާ ވަނީ ޗެއާމަން ކަމަށް އިންތިހާބް ކޮށްފައެވެ. އަދި ވައިސް ޗެއާމަނަކަށް އިސްމާއިލް ޒިޔާމް އަށް ވެސް ވަނީ ކޮމެޓީއިން ތާއިދު ކޮށް އެ މަގާމަށް އިންތިހާބް ކޮށްފައެވެ.
އެ އިންތިހާބްގައި އެ ކުލަބުގެ ހިންގާ ކޮމެޓީ ނުވަ މެންބަރުން ކުރިމަތިލާފައިވާއިރު އެކޮމެޓީގައި ތިއްބަވަނީ ނުވަ މެމްބަރުން ކަމަށް ވުމުން އެ ހުރިހާ ބޭފުޅުންވެސް ވަނީ ކޮމެޓީ އަށް އިންތިހާބް ވެފައެވެ.
އެ ކޮމެޓީގައި ތިއްބަވާ ނުވަ ބޭފުޅުންނަކީ ޔާމީން އާދަމް (ޗެއާމަން)، އިސްމާއިލް ޒިޔާމް (ވައިސް ޗެއާމަން)، އައިޝަތު ނާޒިމާ، މުހައްމަދު ލިއުޝާދު، އިސްމާއިލް ރަޝީދު، އަހުމަދު ހުސެއިން، އަބްދުﷲ އަޒްމީން، މަދީހު ޖަމާލް، ރިޒްމީން އެވެ.
އިންތިހާބް ނިއްމާލުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޗެއާމަނަކަށް އިންތިހާބްވި ޔާމިން ވިދާޅުވީ ކުރިއަށް އޮތް ސީޒަނަކީ ނިއު އަށް ފާގަތި ކާމިޔާބު އަހަރަކަށް ހައްދަވައިދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން ކަން އެބައޮތް ކުރިއަށް އޮތް ހަތަރު އަހަރަ މިކުލަބުން ގިނަ ކާމިޔާބީ ތަކެއް ހޯދާނެ ކަން. އަޅުގަނޑުމެން މަސަތްކަތް ކުރާނީ ދަރަނިތަކުން ސަލާތްމަތްވެ ކުލަބަށް ފައިދާ ކުރަނިވި އަހަރުތަކަކަށް ހެދުމަށް،" ޔާމިން ވިދާޅުވިއެވެ.