އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ހިންގާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

އިމްރާން އެފަދަ އަމުރަކަށް ހައިކޯޓުގައި އެދިވަޑައިގަތީ އޭނާގެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ޝަރީއަތް ހިންގެވުމުގައި ޒާތީ ގޮތްތަކެއް ގެންގުޅުއްވާ ކަމަށް ބުނެ، އޭނާގެ ބަދަލުގައި އެހެން ގާޒީއެއް ހަމަޖައްސައިދުމަށް ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާތީ އެވެ.

ހައިކޯޓުން އިމްރާނަށް ފޮނުވި ސިޓީއެއްގައި ވަނީ އިމްރާންގެ މައްސަލަ އަކީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި ނުވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އެވެ.

ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ