28 Jan 2016, 14:49
ބ. އޭދަފުށީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު އެ ރަށު ބޮޑު މަގުން ބާރު ސްޕީޑްގައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ ސައިކަލް ދުއްވަން އިން ޑރ. އަޒަމު ފާރިޝް އަށެވެ. އެއީ ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ. އެގޮތުން އޭނާގެ ވާތު ކޮނޑުހުޅު ބިނދި، ހާލު ސީރިއަސް ކަމަށް ޑރ.އަޒަމުގެ ބައްޕަ މިއަދު ސަން އަށް ބުންޏެވެ. އަދި ޑރ. އަޒަމުގެ ފަހަތުގައި ވެސް އިނީ ޑޮކްޓެއް ކަމަށާއި އޭނާގެ ފައި މަށައިގެން ގޮސްފައިވާ ކަމަށް އަޒަމްގެ ބައްޕަ ބުންޏެވެ.
ޕިކަޕް ދުއްވަން އިން މީހާ އަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ފަޔަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.