28 Jan 2016, 14:20
ގއ. ކޫއްޑޫ މަސް ކިރާ ބޯޓެއްގެ ފަލްކާ ތެރޭގައި ގޭސް އުފެދި ހިނގި ހާދިސާއެއްގައި ހާލު ދެރަވި ދެ މީހަކަށް އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 10:40 ހާއިރު ބޯޓުގެ ފަލްކާ ތެރޭގައި ގޭސް އުފެދުމުގެ ސަބަބުން ދެ ދިވެހިންނަށް ވަނީ ނޭވާލުމުގެ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި ދެމީހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ހާލު ދެރަ ކަމަށް ވެ އެވެ.
ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒް މޫސާ ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު ދެ މީހަކަށް ފަރުވާ ދިނުމަށް އެ ހޮޕިޓަލަށް ގެނެވުނު ކަމަށާއި، ނަމަވެސް މިހާރު ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.