މާލޭ ސަރަހައްދުގެ ކުނި ޖަމާ ކުރާ ރަށް މެނޭޖު ކުރާ، ތިލަފުށި ކޯޕަރޭޝަނުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް އަށް ފަޔާ ލޮރީއެއް ހަދިޔާކޮށްފި އެވެ.

އެ ވެހިކަލް އެމްއެންޑީއެފާ ހަވާލު ކުރީ އިއްޔެ ތިލަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ވެހިކަލްގެ ރަމްޒީ ތަޅުދަނޑި ޙަވާލުކޮށްދެއްވީ ތިލަފުށީ ކޯޕަރޭޝަން މެނޭޖިންގް ޑިރެކްޓަރު އަޙްމަދު ނާސިފެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވެހިކަލްގެ ރަމްޒީ ތަޅުދަނޑިއާ ޙަވާލުވެވަޑައިގަތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަވިސްގެ ކޮމާންޑަރު ކާނަލް މުޙައްމަދު މުޚްތާރެވެ.

ތިލަފުށީ ކޯޕަރޭޝަން މެނޭޖިންގް ޑިރެކްޓަރު އަޙްމަދު ނާސިފު އެމްއެންޑީއެފަށް ވެހިކަލްގެ ރަމްޒީ ތަލުދަނޑި ހަވާލުކޮށްދެއްވަނީ --

ފަޔާ ވެހިކަލެއް ހަދިޔާކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން ވަނީ ލޮރީ ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ހުނަތުތަކެއް ދަައްކާލައިފަ އެވެ.