27 Jan 2016, 23:33
ތިނަދޫއިން އަހުމަދު ސާއިލް އަލީ
ގދ.އަތޮޅު ކައުންސިލް މެދުވެރިކޮށް ޖީއެސްޓީ އާއި ބީޕީޓީ ދައްކާ ފަރާތްތަކަށް އެދެ ޕޭމަންޓު ދަށްކަންޖެހޭ މުއްދަތު އިތުރުކޮށްދީފިއެވެ.
މީރާގެ އިސް އޮފިޝަލެއް މިއަދު ސަން އަށް ވިދާޅުވީ ތިނަދޫގައި ހުންނަ އަތޮޅު ކައުންސިލް މެދުވެރިކޮށް ޖީއެސްޓީ އާއި ބީޕީޓީ ދައްކާ ފަރާތްތަކަށް އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް ޖޫރިމަނާއަކައި ނުލައި އެފައިސާ ދެއްކޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޖީއެސްޓީ ދަންކަން ޖެހޭ ސުންގަޑިއަކީ މާދަމާއެވެ. ބީޕީޓީ ދައްކަންޖެހޭ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ.
ތިނަދޫ ޖަނަރޭޓަރުގޭގައި ރޯވެ އެތަން އެއްކޮށް އަނދާފައިވާތީ މުޅި މިރަށުން ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް ވަކިވަކި ޖަނަރޭޓަރުތައް މެދުވެރިކޮށް ބައެއް މުއައްސަސާތަކުން ދަނީ ހިދުމަތް ދެމުންނެވެ.