ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހިންދީ ފިލްމު "އެއާ ލިފްޓަށް" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ސްކްރީންތަކުގައި އެޅުވި އެ ފިލްމަށް އެ ދުވަހު އެކަނިވެސް 12.35 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ.

ދެވަނަ ދުވަހު 14.60 ކުރޯޑު ރުޕީސް ލިބިފައިވާ އިރު، ތިން ވަނަ ދުވަހު ލިބިފައިވަނީ 17.35 ކުރޯޑު ރުޕީސް އެވެ.

ހަތަރު ވަނަ ދުވަހު 10.40 ކުރޯޑު ރުޕީސް އާ އެކު ފިލްމަށް ލިބުނު ތަރުހީބު ދަށްވި ނަމަވެސް ފަސްވަނަ ދުވަހު އެ ފިލްމަށް 17.80 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ. އެހެންކަމުން ފަސް ދުވަހުގެ ތެރޭގައި އެ ފިލްމަށް ޖުމްލަ 72.50 ކުރޯޑު ލިބިފައި ވެއެވެ. އަދި ވަރަށް އަވަހަށް އެ ފިލްމަށް 100 ކުރޯޑު ލިބޭނެ ކަމަށް ބެލެވެއެވެ.

އިރާގާއި ކުވައިތުގެ ހަނގުރާމައިގައި، ކުވައިތުގައި ތިބި އިންޑިއާ ރައްޔިތުން ސަލާމަތްކޮށް އަނބުރާ އިންޑިއާ އަށް ފޮނުވަން މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ އެ ފިލްމުގައި ލީޑުރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި ނިމްރަތު ކައުރު އެވެ.

އަކްޝޭ އެ ފިލްމުގައި ފެނިގެންދާނީ ކުވައިތުގައި ދިރިއުޅޭ މުއްސަނދި އިންޑިއާ ރައްޔިތެއްގެ ގޮތުގަ އެވެ. ނިމްރަތު ފެނިގެންދާނީ އަކްޝޭގެ އަންހެނުންގެ ގޮތުގައެވެ.