ރިއޮޑިޖިނޭރޯ (ޖަނަވަރީ 27): ބްރަޒީލްގެ އަންހެން ކުއްޖަކު އޭނާގެ މޯބައިލް ފޯން ކާލައި ކަރުތެރެއިން ދިރުވާލައިފި އެވެ.

އުމުރުން 19 އަހަރުގެ އެޑްރިޔާނާ އެންޑްރީޑް ނަމަކަށްކިޔާ މި އަންހެންކުއްޖާ މިކަން ކޮށްފައިވަނީ އޭނާގެ މޯބައިލް ފޯނުގައިވާ މެސެޖްތަކެއް ދެއްކުމަށް އޭނާގެ ލޯބިވެރިޔާ އެދުމުން އެކަމަށް ދެކޮޅު ހެދުމަށްފަހުގައެވެ.

އެޑްރިޔާނާ ފޯނު ދިރުވާލީ އޭނާގެ ލޯބިވެރިޔާ (ބޯއި ފްރެންޑް) އޭނާގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރުމުން ހަމައިން ނެއްޓިގެން ކަމަށްވެއެވެ. އެޑްރިޔާނާގެ ލޯބިވެރިޔާ އޭނާގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުކުރީ އޭނާގެ މޯބައިލް ފޯނުގައިވާ މެސެޖްތަކެއް ދެއްކުމަށް ދެކޮޅު ހަދަނީ އެމެސެޖްތަކަކީ އެހެން މީހަކާ ލޯބިވެގެން އެމީހަކު ފޮނުވާފައިވާ މެސެޖްތަކެއް ކަމަށް ބަލައިގެންނެވެ.

މޯބައިލް ފޯން ކަރުތެރެއިން ދިރުވާލުމުގެ ސަބަބުން އެޑްރިޔާނާގެ ކަރުންވަނީ ލޭއައިސް ފައެވެ. އަދި މިއާއެކު ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔުމުން އެކްސްރޭ ނަގައި އެޑްރިޔާނާގެ މައިދާ ގައި މޯބައިލް ފޯންއޮތްކަން ކަށަވަރުވުމުން ޑޮކްޓަރު ވަނީ އޮޕަރޭޝަން ކުރުމަށް ނިންމައި އޮޕަރޭޝަން ޑޮކްޓަރަކާ އޭނާ ހަވާލުކޮށްފައެވެ. މިހާރު އޮޕަރޭޝަންކޮށްގެން އެޑްރިޔާނާގެ މައިދާއިން މޯބައިލްފޯންވަނީ ނަގާފައެވެ. އަދި އެޑްރިޔާނާ މިހާރުއޮތީ އަރާމުކުރުމަށްޓަކައި ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ކަމަށް ޚަބަރު ލިބެއެވެ. (އެން.ބީ.ސީ ނިއުޒް)