27 Jan 2016, 15:37
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނ. ވެލިދޫ ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ވެލިދޫ ގެއެއް ބަލައި ފާސްކުރި އިރު އެގޭތެރެއިން ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކަކާއި ލިޔުންތަކެއްގެ އިތުރުން ސިހުރު ހެދުމަށް ބޭނުންކުރާކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެ މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ދާދީފަހުން ގއ. ވިލިނގިލީ ގެއަކުންވެސް ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ލިޔުންތަކެއް ފެނިފައެވެ. އެ މައްސަލާގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.