ދެ ރަށެއްގެ ކައުންސިލަރަކު މަގާމުން އިސްތިއުފާ ދީފި އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނީ ރ. ދުވާފަރު ކައުންސިލުގެ ނައިބު ރައީސް އާމިރު އަހުމަދާއި މ. ނާލާފުށީ ކައުންސިލްގެ މެމްބަރު ހަލީމަތު ރިޒްނާ ކަމަށެވެ.

އެލްޖީއޭ އިން ބުނީ ރ. ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އާމިރު އިސްތިއުފާ ދިނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި އެ ރަށު ކައުންސިލުގެ ނައިބު ރައީސް ހޮވުމުގެ މަސައްކަތް ދުވާފަރު ކައުންސިލުން ފަށާފައިވާ ކަމަށެވެ.

އެލްޖީއޭ އިން ބުނީ ނާލާފުށި ކައުންސިލްގެ މެމްބަރު ހަލީމަތު އިސްތިއުފާ ދިނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އާމިރު އިސްތިއުފާ ދިން ސަބަބެއް އެލްޖީއޭ އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެލްޖީއޭ އިން ބުނީ ހަލީމަތު އިސްތިއުފާ ދިނީ އެހެން ވަޒީފާ އަކަށް އޭނާ ބަދަލުވާން ބޭނުންވާތީ ކަމަށެވެ.