ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ‏އައްޑޫ ސިޓީ އަށް މިއަދު މެންދުރު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށްކުޅެވޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗު ބައްލަވާލެއްވުމަށް ފަހު އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިރޭ އައްޑޫ ސިޓީގެ އިސްފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމާ އެކު، ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.