ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިއަދު ވަޑައިގެންފި އެވެ.

ދެ ދުވަހަށް ދެމިގެންދާނެ އެ ދަތުރުފުޅުގައި ދުންޔާ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި ރައީސް ޔާމީންގެ ފަރާތުން މެސެޖެއް ފޯރުކޮށްދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުރުން ބޮޑުވަޒީރުގެ އެޑްވައިޒާ ފޯ ފޮރިން އެފެއާޒް، ސަރްތާޖް އަޒީޒާއި ސްޕެޝަލް އެސިސްޓެންޓް ފޯ ފޮރިން އެފެއާޒް، ސާއިދް ތާރިގް ފާތިމީއާ ދުންޔާ ބައްދަލުކުރައްވާނެ އެވެ.

އެދަތުރުފުޅުގައި ދުންޔާއާ އެއްކޮށް ވަޑައިގެންނެވީ ޖޮއިންޓް ސެކްރެޓަރީ ފަރުޒާނާ ޒާހިރާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އާމިނަތު ޝަބީނާ އެވެ.

ޕާކިސްތާނުގެ ބޭނަޒީރު ބުއްޓޫ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ދުންޔާއަށް މަރުހަބާ ވިދާޅުވީ ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު އަހުމަދު ސަލީމް އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.